ރެއާލް ލަދުގަންނަވާލުމަށްފަހު ޕީއެސްޖީ ވޯލްޑް ކަޕްގެ ފައިނަލަށް
ފަސޭހަކަމާއިއެކު ރެއާލް މެޑްރިޑް ބަލިކޮށް ޕީއެސްޖީން ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗު، ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ރެއާލަށް ގޭމްގެ ތެރެއަށް ވަންނަން ބޮޑު ހުރަހަކަށް ދިމާވީ މެޗުގެ ފުރަތަމަ ނުވަ މިނެޓް ތެރޭ އެ ޓީމްކޮޅަށް ވަތް ދެ ލަނޑެވެ. ޕީއެސްޖީން […]