ރައީސް މައުމޫނާއި ޔާމީނަކީ ''އުޑާ ބިމާހާ ތަފާތު'' ދެވެރިން: ލަތީފް
ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމާއި، ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ ”އުޑާ ބިމާހާ ތަފާތު” ދެވެރިން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ މެންދުރު ޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން ”ޖަވާބުދާރީ” ޕްރޮގްރާމްގައި އެ ދެބޭފުޅުންގެ ތަފާތާއި ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ލަތީފް ރައީސް މައުމޫން ސިފަކުރެއްވީ ޚުލްޤުހެޔޮ، ކެތްތެރިކަމާއި ރުޅިމަޑު ބޭފުޅެއްގެ ގޮތުގައެވެ. މައުމުނާއެކު ބާއްވާ ބައްދަ...