ދަނޑުވެރިކަމުގައި ނަމޫނާ ދައްކައި އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށަކަށް ށ.ގޮއިދޫ
ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވައި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފައިދާތައް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތައާރަފް ކޮށްފައިވާ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ގެ ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށަކަށް ށ. ގޮއިދޫ ވެއްޖެއެވެ. އެމްގެޕް، ސެޓްފިކެޓް ހާސިލްކުރި ދަނޑުވެރިންނަށް ސެޓްފިކްޓް ހަވާލުކުރުމަށް ގޮއިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި...