ޔަމާލް ނުލާ ވެސް ބާސާއަށް ހަ ލަނޑުގެ މޮޅެއް
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ވެލެންސިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު، ބާސާއިން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބާސާއިން ވަނީ 6-0 ގެ ބޮޑު ތަފާތުން ވެލެންސިއާ ބަލިކޮށްފައެވެ. އުމުރުން 18 އަހަރުގެ ލެމީން ޔަމާލް، ނިމިގެންދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ސްޕެއިނުން ކުޅުނު ދެ މެޗުގައި ވެސް ބޮޑުބައިގައި ކުޅުނެވެ. އަނިޔާގައި ހުރި ޔަމާލް ލައްވައި ދެ މެޗު ކުޅުވުމުން ބާސާއިން ވަނީ އެކަމާއި ހިތްހަމަ ނުޖެހުން ވެސް ފާޅުކޮށްފައެވެ. ޔަމާލްގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާއެއްގެ […]