އެމްބާޕޭގެ ލަނޑުތަކުން މޮޅުވެ ރެއާލުން ފެށުން ރަނގަޅުކޮށްފި
ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސްގެ މާސޭގެ މައްޗަށް ކުރި ހޯދައި، ރެއާލް މެޑްރިޑުން ފެށުން ރަނގަޅުކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ލިވަޕޫލު ދޫކޮށް މި ސީޒަނަށް ރެއާލާއި ގުޅުނު އާނޯލްޑް ރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނި ނަމަވެސް، މެޗުގެ ތިންވަނަ މިނެޓުގައި އޭނާ ބަދަލުކުރަން ޖެހުނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. އޭނާގެ ބަދަލު ކުޅެން ނުކުތީ […]