ނޭޕާލު އަންހެނަކަށް ވަޅިން ހަމަލާދިން މައްސަލާގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލު އަންހެނަކަށް މިއަދު ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދިން ގޮތުގައި، 2025 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ މެންދުރުފަހު 12:45 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ 21 އަ...