ސްކޭޓިން އެރީނާއާއެކު ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވާނެ: ރައީސް
މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ސަބަބުން ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ވަނީ ބާއްވާފައެވެ. މި މުހިންމު މަޝްރޫޢުއާ ގުޅޭގޮތުން ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އުސްފަސްގަނޑު ސަރަހައްދުގައި ޤާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫޢުއެއް ކަމަށެވެ. “މި...