އިންޑިއާގެ ސިޔާސީ ހިމާޔަތުގައި ހުންނެވި ހަސީނާ ހަވާލުކުރުމަށް ބަންގްލަދޭޝްއިން ގޮވާލައިފި
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އާއި ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ކުށްވެރިކަމަށް ނިންމި ހުކުމްތަކަށްފަހު، އެބޭފުޅުން އަވަހަށް ހަވާލުކުރުމަށް ބަންގްލަދޭޝްއިން އިންޑިއާއަށް ގޮވާލާފައިވެއެވެ. ހަސީނާގެ ވެރިކަން ވެއްޓެން ދިމާވި ހަމަނުޖެހުންތަކަށްފަހު އެ ދެބޭފުޅުން ވަނީ އިންޑިއާއަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދަވާފައެވެ. އެ ދެބޭފުޅުންގެ މައްޗަށް އުފުލުނު ދައުވާތައް ބަލައި ބަންގްލަދޭޝްގެ ބައިނަލްއަގްވާމީ ޓްރެބިއުނަލުން ވަނީ އެ ދެބޭފުޅުންގެ މައްޗަށް މަރުގެ ޙުކުމް އި...