އާދަޔާޚިލާފަށް ބަރުދަން މަތި މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރާ އޮޕަރޭޝަން މައި ދެ ހޮސްޕިޓަލްގައި ފަށައިފި
އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ވަނީ ހާމަކުރަށްވާފައެވެ. ބެރިއަޓްރިކް ސަރޖަރީގެ ފައިދާތައް ބެރިއަޓްރިކް ސަރޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަ...