ވާނުވާ ބަންދުގައި 347 މީހުން: ރައީސް ތަފްޞީލު ހާމަކުރައްވައިފި
ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ ވާނުވާ ބަންދުގައި މިވަގުތު 347 މީހުން އެބަތިބިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވަމުންނެވެ. މި ބައްދަލުވުމުގައި ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ ވާނުވާ ބަންދުގައި ތިބި މީހުންނާ ގުޅޭ ތަފްޞީލ...