ބަލިމީހުންގެ ނަމުގައި ސްކޭމްތައް ގިނަވެއްޖެ، ފައިސާ ފޮނުވުމުގެ ކުރިން ކަށަވަރުކުރަށްވާ!
ފޭސްބުކް ޕޭޖްތައް ބޭނުންކޮށްގެން ބަލިމީހުންނަށް އެހީ ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުން އަންނަ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ. މިފަދަ ސްކޭމްތަކުގައި ސްކޭމަރުން ބޭނުންކުރަނީ އެހީއަށް އެދިފައިވާ ފަރާތްތަކާއި ނިކަމެތި ކުޑަކުދިންގެ ފޮޓޯތަކާއި މައުލޫމާތުތަކެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފައި ވަނީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުރިން ސަލާމަތްތެރިކަމުގެ ފިޔަވަޅު އަޅައި، ފައިސާ ފޮނުވެނީ އަސްލު ބަލިމީހާއަށްތޯ ޔަގީންކުރުމަށެވެ. މިފަދަ ސްކޭމް ޕޯ...