ސަޢޫދީގެ ވަލީއަހުދު 10 ބިލިއަން ޔޫރޯއަށް ބާސެލޯނާ ބައްލަވައިގަނެފާނެ: ރިޕޯޓު
ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު، ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން، ޔޫރަޕުގެ އެންމެ ތާރީޚީ ކްލަބުތަކުގެ ތެރޭގައި ހިމެނޭ އެފް.ސީ ބާސެލޯނާ ގަތުމަށް 10 ބިލިއަން ޔޫރޯއާ ގާތްކުރާ ބޮޑު ހުށަހެޅުމެއް ހުށަހަޅުއްވަން ތައްޔާރުވެވަޑައިގަންނަވަމުން އަންނަކަމަށް ސްޕެއިނުގެ ފުޓްބޯޅަ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ސްޕެއިނުގެ ޝޯވ އެލް ޗިރިންގީޓޯ ގައި ވާހަކަ ދައްކަވަމުން ނޫސްވެރިޔާ ފްރާންސުއާ ގަލާޑޯ ވަނީ، ވަލީއަހުދު ބާސެލޯނާ ގަތުމަށް 10 ބިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއްގެ ބިޑެއް ތައްޔާރުކުރައްވަމުން ގެންދަވާ ކަމ...