މުޖުތަމައު ބައިބައިނުކޮށްވެސް ވަރުގަދަ ލީޑަރޝިޕެއް ދެއްކިދާނެކަން ވަޖްޕާއީ ދެއްކެވި: ފައިސަލް
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ 100 ވަނަ އުފަންދުވަހާ ދިމާކޮށް، އިންޑިއާ ފައުންޑޭޝަނުން އިންތިޒާމުކުރި ”8 ވަނަ އަޓަލް ބިހާރީ ވާޖްޕާއީ މެމޯރިއަލް ލެކްޗަރ” ގައި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނައީމް އިއްޔެ ތަގުރީރު ކުރައްވައިފިއެވެ. މި ފޯރަމްގައި ތަގުރީރުކުރަށްވަމުން ފައިސަލް ވަނީ ވަޖްޕާއީއަކީ ހަރުދަނާ ނިންމުންތައް ނިންމެވުމާއި އަދަބުވެރިކަމަކީ އެކުއެކީގައި ގެންގުޅެވިދާނެ ސިފަތަކެއްކަން ސާބިތުކޮށްދެއްވި ދައުލަތުގެ އިސް ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އިންޑިއާގ...