ޑްރަގް ހިފައިގެން ފަތާފައި ދުވާފަރަށް އަރަނިކޮށް ބަޔަކު ހައްޔަރުކޮށްފި
ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނަކީ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތަކަށް ބިނާކޮށް ހިންގި ހާއްސަ ހަރަކާތެކެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، ޢަބްދުﷲ ޙައްސާން (39އ)، ގުލްފާމުގެ/ރ. މާކުރަތު ޢަބްދުﷲ ޝާއިފް (25އ)، އުޖާލ...