ހުޅުމާލޭ އެޕާޓްމަންޓެއްގައި ރަހީނުކޮށްފައިހުރި މީހަކު ސަލާމަތްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި
ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ބިރުދައްކައިގެން ފައިސާ ހޯދަމުންދިޔަ މައްސަލައެއްގައި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާގައި ރަހީނުކޮށްފައި ހުރި މީހާ ފުލުހުން ވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފައެވެ. ފުލުހުން ހާމަކުރި ގޮތުގައި، ހުޅުމާލެ ފުލުހުން މި އޮޕަރޭޝަން ހިންގީ ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކުރުމަށްފަހުއެވެ. ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކުރުމަށްފަހު، އޭނާ...