ގައުމީ އެއާލައިނުން ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައިފި
ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖޭގެ އެންމެ ދެކުނުން އޮތް ހަތަރު އަތޮޅު ކަމަށްވާ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގއ. އަތޮޅު އަދި ގދ. އަތޮޅު ވައިގެ މަގުން ގުޅާލައިފިއެވެ. މި ތާރީޚީ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި އޮޕަރޭޝަންގެ މައި ބޭސްއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފިޔަވައި މޯލްޑިވިއަންގެ އޮޕަރޭޝަން ބޭސްއެއް ރާއްޖޭގެ […]