ކުޑަ ފިރިހެން ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް ޖިންސީގޯނާކުރި އަންހެނަކު ހައްޔަރުކޮށްފި
ކުޑަ ފިރިހެން ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ފާޠިމަތު ރީމާއެވެ. ފުލުހުން ހާމަކުރި ގޮތުގައި، ފާޠިމަތު ރީމާ ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2025 ޑިސެމްބަރ 29 ވަނަ ދުވަހުއެވެ. މި މައްސަލާގައި އޭނާ ބަންދުގައި ބެހެއްޓުމަށް...