މީހުންގެ ޒާތީ ފޮޓޯ/ވީޑިއޯ ބޭނުންކޮށްގެން ބިރުދެއްކުމާއި ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެއްޖެ
މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރުދެއްކުމާއި ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މިފަދަ މައްސަލަތަކުގެ ތެރޭގައި މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުން ހިމެނެއެވެ. ތަހުގީގުތަކާއި ހަވާލާދީ ފުލުހުން ބުނީ މިފަދަ ގިނަ މައް...