ސުކޫކަށް ދައްކަންޖެހޭ 524 މިލިޔަން ޑޮލަރުގެ ދަރަނި ދައްކައި ޚަލާސްކޮށްފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ދިވެހި ސަރުކާރުން މިއަދު ދައްކައި ޚަލާސްކޮށްފިއެވެ. ސަރުކާރުން ހާމަކުރި ގޮތުގައި މި ފައިސާގެ ތެރޭގައި ހިމެނެނީ ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓްރެސްޓަށްވާ 25 މިލިއަން ޑޮލަރެވެ. މި ބޮޑު ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގ...