އަމީރު އަމީން ސްކޫލުގައި އޯނަމް ފާހަގަކުރިކަން ކުޅުދުއްފުށީ ކައުންސިލުން ދޮގުކޮށްފި
ކުޅުދުއްފުށީ ކައުންސިލުން ހިންގަމުން އަންނަ ޕްލޭސްކޫލު، އަމީރު އަމީން ސްކޫލުގެ ގޯތިތެރޭގައި، އިންޑިޔާގެ ކެރެލާގައި ފާހަގަކުރާ ދީނީ އިހުތިފާލެއްކަމުގައިވާ “އޯނަމް” ފާހަގަކުރިކަމަށް، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަލީ އާދަމް ވިދާޅުވި ވިދާޅުވުން އެކައުންސިލުން ދޮގުކޮށްފިއެވެ. އެކައުންސިލުގެ ފަސް މެންބަރުން ސޮއިކުރައްވާ މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ދީނާ ޚިލާފު އެއްވެސް ކަމެއް އަމީރު އަމީން ސްކޫލުގައި ހިނގާފައި ނުވާކަމަށެވެ. އަދި ސްކޫލާ ބެހޭގޮތުން އެކި ފަރ...