ބޭރުގައި އޮންނަ ފަޔަރފައިޓިންގ ޓްރެއިނިންގެ ފުރުޞަތު ތުރާކުނު ރަށްވެހިންނަށް
ރާއްޖެއިން ބޭރުގައި ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ފަޔަރ ފައިޓިންގ ޓްރެއިނިންގ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު، ހއ. ތުރާކުނު ރަށްވެހިންނަށްވެސް ހުޅުވާލައިފިއެވެ. ޒުވާނުން ބާރުވެރިކުރުމަށާއި، އެކި އެކި ދާއިރާއިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ މި ޓްރެއިނިންގ ޕްރޮގުރާމުގެ މަގުސަދުކަމަށްވާއިރު، މި ޕްރޮގުރާމަށް ނުވަތަ ކޯހަށް ބައިވެރިން ކަނޑައެޅުމުގައި ބަލާނީ، ބައިވެރިވާން ޝައުގުވެރިކަން ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތްތައްކަމަށް، ތުރާކުނު ކައުންސިލުނ...