އައިމަންގެ ހިމޭން ދުނިޔެ، މިހާރު އެއީ މާބަގީޗާއެއް
ޒުވާންކަމުގެ އެންމެ ޖޯޝާއެކުވެސް އެއީ ހަމަހިމޭން ދިރިއުޅުމެކެވެ. އެކަނިވެރިކަމާއެކުވެސް އެއީ އުފާވެރި ދިރިއުޅުމެކެވެ. އުމުރުން 22 އަހަރުގެ އެ ޒުވާނާގެ ވަށައިގެން އޮތް އެކަނިވެރި ހިމޭން ދުނިޔެ، އެ ބަދަލުކޮށްލީ ނަލަ ރީތީ މާބަގީޗާއަކަށެވެ. އެއީ އޭނާގެ މަސައްކަތެވެ. ހިތްވަރެވެ. އެއީ ހަމައެކަނި އައިމަން ޚާއްޞަވި ސަބަބެއްނޫނެވެ. ހުރިހާ ގޮތަކުންވެސް އެއީ ޚާއްޞަ ކުއްޖެކެވެ. ހދ ވައިކަރަދޫ ތޮރާމާގޭ އައިމަން ޢަބްދުލް ވާހިދަކީ އުފަންވި އިރުވެސް ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެހެންކަމުން އައިމަން ބޮޑު...