ދިރާގު މާލެ އޯޕަން ސްވިމިންގ ކޮމްޕެޓިޝަން ހޮނިހިރު ދުވަހު ބާއްވަނީ
ދިރާގު މާލެ އޯޕަން ސްވިމިންގ ކޮމްޕެޓިޝަން ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ. ސްވިމް މޯލްޑިވްސް އާއި ދިރާގު ގުޅިގެން ރާއްޖޭގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ސްވިމިންގ އެސޯސިއޭޝަންގެ ފަރާރުން ބުނީ މިފަދަ މުބާރާތްތަކުގެ ބޭނުމަކީ ރާއްޖެއަކީ ފެތުންތެރިން ގިނަ ގައުމަކަށް ހެދުން ކަމުގައެވެ. މިމުބާރާތުގެ ތެރެއިން ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން މެ...