ދިއްދޫ ޗޭނު ޖަމިއްޔާގެ 7 ވަނަ ޤުރުއާން މުބާރާތް ނޮވެމްބަރު މަހު
ހއ ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ 7 ވަނަ ޤުރުއާން މުބާރާތް މިއަންނަ ނޮވެމްބަރު މަހުގައި ބޭއްވުމަށް އިޢުލާން ކޮށްފިއެވެ. އެޖަމިއްޔާއިން އޮކްޓޫބަރ 7 ވަނަ ދުވަހު ކުރި އިޢުލާންގައި އެދިލައްވާފައިވަނީ ނޮވެމްބަރު މަހު ބާއްވާ މުބާރާތުގައި ބައިވެރިވާން އެދޭ ދަރިވަރުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އެޖަމިއްޔާގެ އިދާރާއަށް ހުށައެޅުއްވުމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2019 އޮކްޓޫބަރ 31 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 1...