އިންކަމް ޓެކްސްގެ ބިލް މަޖިލީހަށް ހުށައަޅައިފި
އާމްދަނީން ޓެކްސް ނެގުމުގެ ބިލު ނުވަތަ އިންކަމް ޓެކްސް ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. އިންކަމް ޓެކްސްގެ ބިލު މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދެވެ. ސަރުކާރުން ހުށަހަޅާފައިވަނީ 40،000 އިން މަތީގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނަގާށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިއަންނަ އަހަރު ފަށާއިރު އިންކަމް ޓެކްސް ނަގަން ފެށުމަށެވެ. އިންކަމް ޓެކްސް ނަގަން ފެށުމުން ދައުލަތަށް އަހަރަކު 680 މިލިއަން ރުފިޔާ ހަމަ...