އަމާޒަކީ މާލެއާ ރާއްޖޭގެ އެހެން ސަރަޙައްދުތަކާ ހުރި ފަރަގު ކުޑަކުރުން: ނައިބް ރައީސް
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަށް ބާރުވެރިކަން ހޯދަދިނުމުގެ އެންމެ ބޮޑު އެއް އަމާޒަކީވެސް މާލެއާ ރާއްޖޭގެ އެހެން ސަރަޙައްދުތަކާ ހުރި ފަރަގު ކުޑަކޮށް، ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް މިއަދު މެންދުރުފަހު ކުރެއްވި ޒިޔާރަތެއްގައި އެ މުއައްސަސާގެ މުވައްޒަފުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބް ރައ...