ނޮޅިވަރަމުން ގޯތި ލިބުނު މީހުންގެ ލިސްޓް އަލުން އެކުލަވާލުމަށް ހުކުމް ކޮށްފި
ހދ. ނޮޅިވަރަމުން ދޫކުރި 75 ބަންޑާރަގޯތި ދޫކުރުމުގައި އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓް އަލުން އެކުލަވާލުމަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ އެރަށުން އެންމެ ފަހުން ދޫކޮށްފައިވާ ގޯތިތައް ދިނުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ ނޮޅިވަރަމް ކައުންސިލާ ދެކޮޅަށް އެރަށު ކޯޓަށް ތިން ފަރާތަކުން ހުށަހެޅި މައްސަލަތަކާއި ގުޅިގެން މިއަދު އިއްވި ހުކުމުގައެވެ. އަދި އެ ހުކުމުގައި މިހާރު ބަނ...