Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބު: ވޯޓް ނަަގަން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ
Cover Story · Feature Essay

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބު: ވޯޓް ނަަގަން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގެ ވޯޓް ނަަގަން އެ ޕާޓީން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ އެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ ވޯޓްލުން ކުރިއަށްދާނީ މާދަމާގެ މެންދުރު ފަހު 2:00 ފެށިގެން 6:00 އަށެވެ. މި އިންތިޚާބުގައި 87،439 މެންބަރަކަށް ވޯޓް ލުމުގެ ހައްގު ލިބިފައި ވާއިރު މިއީ ސިޔާސީ ޕާޓީއަކުން ބާއްވާ މިފަދަ އިންތިޚާބެއްގައި އެންމެ ގިނަ ބަޔަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ އިންތިޚާބެވެ. އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގެ ވޯޓް ނެގުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައުވާއިރު މާލޭގަ...

Selected Essays & Island Profiles

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބު: ވޯޓް ނަަގަން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ
Thiladhunmathi News

ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހޯރަފުށިން މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށިން ފުރައިގެން ހޯރަފުއްޓަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނު...

މަންދު ކޮލެޖުން ދަރިވަރުންނަށް ހިލޭ ލެޕްޓޮޕް
Business

މަންދު ކޮލެޖުން ދަރިވަރުންނަށް ހިލޭ ލެޕްޓޮޕް

މަންދު ކޮލެޖުން ޖެނުއަރީ 2020 ގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ. ޖެނުއަރީ 2020 އިންޓޭކަކީ މިހާތަނަށް މަންދު ކޮލެޖުން އެންމެ ގިނަ ފުރުސަތުތަކާއިއެކު ހުޅުވާލި އިންޓޭކެވެ. ތަފާތު އެތައް ކަމަކާއެކު ހުޅުވާލާފައިވާ މި އިންޓޭކު ވެގެންދާނީ ދަރިވަރުންގެ ކިޔެވުން ވަރަށް ފަހިވެގެންދާނޭ އިންޓޭކަކަށެވެ. މިގޮތުން އެންމެ ފާހަގަ ކޮއްލެވޭ އެއް ކަމަކީ ޖެނުއަރީ އިންޓޭކަށް ބައިވެރިވާ ކުދިންނަށް ހިލޭ ލެޕްޓޮޕެއް ދިނުމެވެ. ހިލޭ ލެޕްޓޮޕް ލިބޭނީ 15 ޑިސެމްބަރ 2019 ގެ ކުރިން ރެޖި...

ސަލަފު އުވާލަން ކުރާ މަސައްކަތް ވަގުތުން ހުއްޓައިލުމަށް އުތީމު ކައުންސިލުން ގޮވާލައިފި
Thiladhunmathi News

ސަލަފު އުވާލަން ކުރާ މަސައްކަތް ވަގުތުން ހުއްޓައިލުމަށް އުތީމު ކައުންސިލުން ގޮވާލައިފި

ޑރ. އަފްޝީމު އަލީގެ މަރާ ގުޅުވައިގެން، ޖަމުއިއްޔަތުއް ސަލަފު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓައިލުމަށް ހއ. އުތީމު ކައުންސިލުން ގޮވައިލައިފިއެވެ. އުތީމު ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަލަފު ޖަމުއިއްޔާއަކީ ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވައި އިސްލާމް ދީނުގެ މެދުމިނުގެ އުސޫލުތަކަށް ތަބާވާ ޖަމުއިއްޔާއެއް ކަމަށެވެ. ނަމަވެސް ޑރ. އަފްރާޝީމުގެ މަރާއި ގުޅިގެން މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައި ނުވާ އަދި އެފަދަ އެއްވެސް ގ...

ބޮޑުޗުއްޓީއާ ދިމާކޮށް ކޯސްޓްގާޑުން "އޮޕަރޭޝަން ނިޔާމަ" ފަށައިފި
Raajje

ބޮޑުޗުއްޓީއާ ދިމާކޮށް ކޯސްޓްގާޑުން "އޮޕަރޭޝަން ނިޔާމަ" ފަށައިފި

ބޮޑުޗުއްޓީއާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ގޮތުން “އޮޕަރޭޝަން ނިޔާމަ” މިއަދު ފަށައިފިއެވެ. ކޮންމެ އަހަރެއްގެ ބޮޑުޗުއްޓީއާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ބޮޑުޗުއްޓީގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ކަނޑު ދަތުރުކުރާ ދުވަސްވަރަކަށްވުމާ އެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މިގޮތުން، މި އޮޕަރ...

ނަބާހާ އަށް މިފަހަރު ފްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ތަށި
Sports

ނަބާހާ އަށް މިފަހަރު ފްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ތަށި

ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަންގެ ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ތަށި ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ ހޯދައިފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން މުޅިން އަލަށް ބޭއްވި ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ވެސް އެންމެ ކާމިޔާބު ކުޅުންތެރިއަކީ ވެސް މިފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރި ތިން އިވެންޓުން ޗެމްޕިއަންކަން ހޯދި ނަބާހާ އެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި ވެސް އަންހެން ސިންގަލްސްގެ އިތުރުން އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ތަށި އުފުލާލައިފަ އެވެ. އަންހެން ސިންގަލް...

ހިތާމަތަކާއި ދަތިއުނދަގުލާއި ބަލިމަޑުކަން ފިލުވުމަށް ކިޔާނެ ޛިކުރު
Religion

ހިތާމަތަކާއި ދަތިއުނދަގުލާއި ބަލިމަޑުކަން ފިލުވުމަށް ކިޔާނެ ޛިކުރު

ގިނަ ގިނައިން ކިޔަންވީ ހަ ޛިކުރެއް ސުންނަތުގައި ވާރިދުވެފައިވެއެވެ. ދުނިޔޭގެ ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާ ނުތަނަވަސްކަމެއްގައި ތިބާގެ ހަތިޔާރަކަށް ހަދަންޖެހޭ މި ހަޛިކުރު ކުރުންމަތީ ދެމިހުރެއްޖެ މީހާގެ ހިތާމަތަކާއި، ހައިހޫނުކަމާއި، ބަލިމާޑުކަން ފިލައިދިޔުމާއި، ފާފަ ފުއްސެވުމުގެ ސަބަބެއްކަށް ވެގެންދާނެތެވެ. އެކެއް: ކީރިތި ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން “اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْ...

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ މުހިންމު ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރައްވައިފި
Raajje

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ މުހިންމު ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރައްވައިފި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ ޢަދުލުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ ޢަދުލުގެ ބިލަކީ 14 ނޮވެންބަރު 2019 ވީ ބުރާސްފަތި ދުވަހު ބޭއްވެވި، ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 65 ވަނަ ޖަލްސާއިން ފާސްކުރެއްވި ދެ ބިލެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލުގެ މަޤްޞަދުތަކ...

ދިވެހިންގެ ތެރެއިން 68 % މީހުންނަކީ ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ބޭނުންކުރާ މީހުން
Raajje

ދިވެހިންގެ ތެރެއިން 68 % މީހުންނަކީ ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ބޭނުންކުރާ މީހުން

ޑިޖިޓަލްކޮށް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާ ދެއްކޭ ހިދުމަތްތައް ބޭނުންކުރާ ނިސްބަތް، ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ މަތީގައި އުޅެނީ ރާއްޖޭގައި ކަަމަށް ވޯލްޑް ބޭންކުން ކޮށްފައިވާ ސާވޭ “ފައިނޭންޝަލް އިންކްލޫޝަން އިން މޯލްޑިވްސް 2018” އިން ދައްކައިފިއެވެ. މި ސާވޭއިން ދެއްކިގޮތުގައި ދިވެހިންގެ ތެރެއިން 68 ޕަސެންޓް މީހުންނަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރާ މީހުންނެވެ. މިއީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ސާވޭއިން ވަނީ ދައްކާފައެވެ. ޑި...