ހަރުކަށި އަނިޔާވެރި އަމަލުތައް ހުއްޓުވުމުގައި ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރައްވައިފި
ހަރުކަށި އަނިޔާވެރި އަމަލުތައް ހިންގުން ހުއްޓުވުމުގައި ހުރިހާ ފަރާތްތަކުން ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ހޯމް މިނިސްޓަރ އިލްތިމާސްކުރައްވައިފިއެވެ. މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމް ދީނަށް ކުޑައިމީސް ބަސް ރައްދުކޮށް، ފުރައްސާރަކޮށް މަލާމާތް ރައްދުކުރުމާ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ އަމަލުތައް މަދުން ނަމަވ...