މުރައިދޫގައި ދެން ''މުއްބާރު'' ވެރިކަމެއް ނުކުރެވޭނެ، އައު ކައުންސިލުން މަސައްކަތްކުރާނީ ހަމަހަމަކަމާއެކު: އަމްޖަދު
ހއ. މުރައިދޫގެ ކައުންސިލަށް އަލަށް އިންތިޚާބުވި ޕީއެންސީގެ ކައުންސިލުން މަސައްކަތް ކުރާނީ ވަކި ކުލަޔަކަށް، ވަކި މީހަކަށް ނުވަތަ މުއްސަނޖަކަށް ފަގީރަކަށް ބެލުމެއްނެތި އެންމެނަށް ހަމަހަމަކަމާއެކު ކަމަށް އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް އަމްޖަދު މުހައްމަދު ވިދާޅުވެއްޖެއެވެ. އަމްޖަދު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި މުރައިދޫގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ރޭ މާލޭގެ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވ...