އެލަޔަންސް ފުޓްސެލް ކަޕް 2019 ފަށައިފި
ހއ. ބާރަށު އަންހެނުންގެ ފޯރިގަދަ ފުޓްސެލް މެޗަކަށްފަހު، އެލަޔަންސް ފުޓްސެލް ކަޕް 2019 އިއްޔެ ފަށައިފިއެވެ. އިއްޔެ ހަވީރު ބާރަށު ފުޓްސެލް ދަނޑުގައި ފެށި އެލަޔަންސް ފުޓްސެލް ކަޕް 2019 ހުޅުވުމުގެ ގޮތުން އަންހެނުންގެ ހާއްސަ ފުޓްސެލް މެޗެއް ކުޅެވުނުއިރު، މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބާރަށުގެ ތަރައްގީއަށް ހާއްސަ މަސައްކަތްތަކައް ކުރައްވާފައިވާ އިބްރާހީމް ތައުފީގެވެ. އެލަޔަންސް ސްޕޯޓްސް ކުލަބުގެ އިންތިޒާމް ސެކެޓްރީ ހަސަން މީޝާޤު ވިދާޅުވީ އަންހެނުންގެ ފުޓްސެލް މެޗެއް މުބާރާތް ފެށު...