ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޙުސައިން ޝަމީމު ޢައްޔަން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، ހެންވޭރު ހިޔާކަން، އަލްއުސްތާޛު ޙުސައިން ޝަމީމު މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އަލްއުސްތާޛު ޙުސައިން ޝަމީމު އައްޔަން ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ. އަލްއުސްތާޛު ޙުސައިން ޝަމީމު ވަނީ އިނގިރޭސ...