"ދީނާ ދެކޮޅު މީހެއް ކަމުގައިވިޔަސް، އަދާވާތްތެރިއެއްގެ ގޮތުގައި ބަލައިގެން ނުވާނެ، އެމީހަކީ ހިދާޔަތު ދެވިދާނެ މީހެއް"
ދީނާ ދެކޮޅު މީހެއް ކަމުގައިވިޔަސް، އެމީހަކީ ހިދާޔަތު ދެވިދާނެ މީހެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށާއި އެއީ އަދާވާތްތެރިއެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށް ޒިންބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެއްޖެއެވެ. މުފްތީ މެންކު ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން މާލެ ސިޓީގެ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ދަރުސްގައި ވާހަކަދައްކަވަމުން ވިދާޅުވީ ދީން ދޭހަވުމުގައި އަދި ދީނަށް އަމަލުކުރުމުގައި ބޭނުންކުރަން ޖެހޭނީ ހަރުކަށި ގޮތްތައް ނޫން ކަމަށާއި އެއީ އަގީދާގެ ގޮތުން އިސްލާމްދީނާ...