އެއްވުމެއްގެ ތެރެއިން މީހަކަށް އަނިޔާވުމާއި ފުލުހުންނާއި ގުޅުވާ ފަތުރާ ވާހަކަ ދޮގުކޮށްފި
އިދިކޮޅު މައި ޕާޓީ އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން އަނިޔާވި މީހަކަށް އަނިޔާވެފައިވަނީ ފުލުހުންގެ ސަބަބުންކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ދޮގުކޮށްފިއެވެ. ފުލުހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަ...