ހދ އަތޮޅު ކައުންސިލް ރައީސްކަމަށް ޕީޕީއެމްއިން ވާދަކުރުމުގެ ޓިކެޓު އަބްދުއްރައްޒާގު އަޙުމަދު އަަށް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ހދ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމުގެ ޓިކެޓް އަބްދުއްރައްޒާގު އަޙުމަދު ކަށަވަރުކޮށްފި އެވެ. ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ދެ ކެނޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އެއީ އަބްދުއްރައްޒާގު އަޙުމަދު / ގޭޖް(ކަންބުރު) އާއި ނިޒާރު މޫސާ / ޒަމްޒަމް، އެވެ. އެގޮތުން ޕްރައިމަރީގައި އެންމެ ފޯރިޔާއި އެކު ވޯޓުލާފައިވަނީ ކުޅުދުއްފުށީގައެވެ. ހދ އަތޮޅުގެ އެހެން ރަށްރަށުން މިއިންތިހާބަށް ލިބިފައިވަނީ ފިނި ތަރުޙީބެކެވެ. ކުޅުދުއްފުށީގަ...