ދެއްކެވި ވާހަކަ އޮޅިވަޑައިގެންފައިވާ ބޭފުޅުންގެ އަރިހުން މައާފަށް އެދެން: އަނދުން ހުސައިން
މާލެއާއި ފަލަސްތީނާ އެއްގޮތްކޮށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ދެއްކެވި ވާހަކަތަކަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ މިއަދު ޓުވީޓެއް ކުރައްވާ މައާފަށް އެދިވަޑައިގެންފި އެވެ. ޓީވީ ޕްރޮގްރާމެއްގައި މާލޭ މީހުންގެ ނިކަމެތި ހާލާއި މެދު ދެއްކެވި ވާހަކަފުޅަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އަނދުން މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، މާލޭގެ ރައްޔިތުން އުޅެމުން ދަނީ ރެފިއުޖީންނާ އެއް ގޮތަށް ކަމަށާއި މާލެ މިހާރު އޮތީ ފަލަސްތީނާ އެއް ހާލަތުގައި ކަމަށް އ...