އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަނީ
އަބޫދާބީގެ އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމައިފި އެވެ. ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހުރެ، އޭވިއޭޝަން ދާއިރާ އިނދަޖެހިފައިވާ ކިދަނޑިވަޅުގައި ރާއްޖޭގެ އިތުރުން އެ އެއާލައިނުން ދަތުރުކުރާ ގިނަ މަންޒިލުތަކަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން އެ އެއާވޭސް އިން ވަނީ ނިންމާފައެވެ. އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަސިންޖަރުންނާއި ސްޓާފުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ، ޔޫއޭއީގެ ސަރުކާރުގެ ނިންމުންތަކަށް ބޯލެނބުމުގެ ގޮތުން އެ އެ...