ސާހިލްގެ ޝަރީއަތުގައި ވަޅިތަކާއި އަންނައުނުތައް ގެންގޮސް, ދައްކައިފި
މާލޭގެ ގެއެއްގައި ޒުވާން އަންހެނަކު މަރާލި މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށް ކުރާ ދައުވާގައި, މަރާލުމުގައި ބޭނުންކުރި ވަޅިތަކާއި ލައިގެން ތިބި އަންނައުނުތައް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ގެންގޮސް ދައްކައިފި އެވެ. އޮގަސްޓް، 2022 ގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދަށް ބޮޑެތި އަނިޔާތަކެއް ދީގެން އޭނާ މަރާލި ކަމަށް ބުނެ ސާހިލްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އޮތީ ސިއްރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ބުނީ އެ […]