ކާފިއުގެ ދެވަނަ ދުވަހު އަމުރާ ޚިލާފުވި މީހުން އިތުރު ވެއްޖެ
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރަށް، މާލެ ސިޓީގައި ހިންގުނު ކާފިއުގެ ދެވަނަ ދުވަހު މަނާގަޑީގައި ބޭރުގައި އުޅުނު މީހުންގެ ޢަދަދު ފުރަތަމަ ދުވަހަށްވުރެ އިތުރު ވެއްޖެއެވެ. ފުލުހުން ބުނެފައިވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިއްޔެ ކާފިއު ހިންގާފައިވާ ވަގުތުގައި 151 ދިވެހިންނާއި، 32 ބިދޭސީންނަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރާ ޚިލާފަށް ބޭރުގައި އުޅުމުގެ ސަބަބުން ނަސޭހަތްތެރި ވެވިފައިވާކަމަށެވެ. 151 Maldivians and 32 foreigners were […]