ރާއްޖެ ވަށައިގެން ވަނީ ތޫފާނެއް، ފަރުވާ ކުޑަ ނުކުރޭ: މަބްރޫކް
ކޮވިޑް-19 ގެ ބިރުވެރިކަން ފިލާ ނުދާ ކަމަށާއި، ރާއްޖެ ވަށައިގެންވަނީ ތޫފާނެއް ފަދަ ބިރުވެރިކަމެއް ކަމަށް ވިދާޅުވެ، ކޮވިޑް-19 އިން ރައްކާތެރި ވުމަށް ދޭ ސަމާލުކަން ކުޑަ ނުކުރުމަށް ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކު އަޒީޒު އިލްތިމާސް ކުރަށްވައިފިއެވެ. ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ދަރުބާރު ގޭގައި ހުންނަ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ މިއަދުވެސް ދުނިޔެއިން 1.8 މިލިއަނަށް ވުރެ […]