އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާ އަތުން 25 ބިލިއަން ޑޮލަރު ހޭދަވެއްޖެ
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ޕެންޓަގަނުގެ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރީ ބުދަ ދުވަހު ހައުސް ކޮމިޓީގައި ވާހަކަދައްމުން ޕެންޓަގަނުގެ އެކްޓިންގ ޗީފް ފައިނޭންޝަލް އޮފިސަރު ޖޫލްސް ޑަބްލިއު ހަރސްޓް އެވެ. ހަރސްޓް ބުނި ގޮތުގައި މި ހޭދައިގެ ބޮޑު ބައެއް ހިއްސާކުރަނީ ހަތިޔާރާއި ގޮވާތަކެއްޗަށް ކުރި ޚަރަދުތަކެވެ. މީގެ އިތުރުން އޮޕަރޭޝަންތަކާއި، މަރާމާތު ކުރުމާއި، އަދި ހަލާކުވާ ހަތިޔާރުތަކުގެ ބަދ...