ކޯވިޑް-19: ވެކްސިނެއް ޓެސްޓުކުރަން ފަށައިފި
ކޯވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ ސައިންސްވެރިން ކުރަމުންދާ ބުރަ މަސައްކަތް ތަކުގެ ތެރެއިން، ދެވަނަ ފަހަރަށް ވެކްސިނެއް އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރަން ފަށައިފިއެވެ. އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީގެ ޓީމަކުން ތިން މަސްދުވަހުގެ މަސައްކަތުން ތައްޔާރު ކުރި މި ވެކްސިން ފުރަތަމަ ދެވުނީ ދެ މީހަކަށެވެ. އެގޮތުން ފުރަތަމަ ޓެސްޓަށް ވެކްސިން ދެވުނު އެޑްވަޑް އަދި އެލީސާ އަށް މި ވެކްސިން ދީފައިވަނީ މިކަމަށް ހޮވާލެވުނު 800 މީހުންގެ ތެރެއިންނެވެ. ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އ...