އުތުރާއި ދެކުނުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމަށް ވަނީ ތަންތަން ހޯދިފައި: މިނިސްޓަރު ޢަލީ ވަހީދު
ކޯވިޑް-19 އަށް ފައްސިވާ ކޭސްތައް ގިނަވެއްޖެ ހާލަތެއް އަތުވެއްޖެ ނަމަ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމަށް އެސަރަހައްދުގައި ހުރި ރިސޯޓްތަކާއި ވާހަކަ ދައްކާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފައްސިވާ ކޭސްތައް ގިނަވެ، އެ ހާލަތް އަތުވެއްޖެ ނަމަ އުތުރާއި ދެކުނުން ވެސް ކަރަންޓީން ފެސިލިޓީ ހަދާނެ ތަންތަން ހޯދާފައި ވާކަމަށެވެ. މިހ...