އައިއޭސީގެ ލޯތްބާއިއެކު 2020 އަށް ބޮޑު ކާމިޔާބީއެއް!
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިޔަށް ގެންދާ ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް ބޮޑު ތަރްޙީބެއް ލިބިއްޖެއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ގެ މުސީބާތުގެ ދަނޑިވަޅުގައިވެސް ދިވެހިންގެ ހިތްހެޔޮކަން މި ކެމްޕޭން ޒަރިއްޔާއިން ދައްކުވައިދީފިއެވެ. އެގޮތުން މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެކަނިވެސް 2.4 މިލިއަން ރުފިޔާގެ އެހީ މި ކެމްޕޭނަށް ލިބިފައިވެއެވެ. މިއަހަރުގެ ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން ކުރިޔަށް ގެންދަނީ 6 ސަރަހައްދަކަށް ބަހާލައިގެންނެވެ...