ތި ގެއިން އެންމެ ކަމުދާ "ފަހަރި" އަކީ ކާކު؟
ކޮންމެ ގެއެއްގައި ފަހަރިއެއް ނުހުރެދާނެއެވެ. އެހެން ނަމަވެސް މަދުން ނަމަވެސް ފަހަރިންގެ ނަސީބު ލިބިފައި ހުރި އާއިލާތައް ގިނައެވެ. ބައެއް އާއިލާތަކުގައި ތިން ފަހަރި ހުރުމުގެ ނަސީބުވެސް ލިބިފައި އެބަހުއްޓެއެވެ. މީގެތެރެއިން ބައެއް މީހުންނަކީ ރަނެއް މަލެއްފަދަ ބަޔަކަށްވެއެވެ. މިގޮތުން އާއިލީ ބޮޑުދައިތަގެ ސަރަފުގައި އުޅޭ ފަހަރިން މަދެއްނޫނެއެވެ. އަނެއްބައި އާއިލާތަކުގައި ނަސީބުދެރަ ބައެއްގެ ގޮތުގައި ފަހަރިންވެއެވެ. މައިދައިތަގެ ލޯތްބާއި ބަފާބެގެ ލޯބި ހޯދުމުގައި މުޅިދުވަހު އުޅެން ޖެހޭ ފަހަރިން ގިނައެ...