ހަނިމާދޫ މިސްކިތު ފެންތާނގީތައް ސާފުކޮށްފި
ހދ. ހަނިމާދޫ އަންހެން ކަނބަލުންގެ އެދުމުގެ މަތިން ހަނިމާދޫ ދެކުނުއަވަށަށް ނިސްބަތްވާ ރޫޙް ޓީމުން އިސްނަގައިގެން އެރަށު އަންހެން ނަމާދު ކުރަމުން އައި މިސްކިތު ގޯތިތެރޭގައި ހުރި ފެންތާނގިތައް ސާފު ކޮށްފިއެވެ. މިކަމާއި ގުޅިގެން މައުލޫމާތު ޙިއްސާ ކުރަމުން ރޫޙްޓީމް ގެ ހަސަން މޫސާ ވިދާޅުވީ ގިނަދުވަސްތަކެއް ވަންދެން ތާނގިތައް ސާފުނުކޮށް ހުރުމުގެ ސަބަބުން ތާނގިތައްވަނީ ވަރަށްބޮޑަށް ހަނޑިވެފައި ކަމަށެވެ. އެހެން ކަމުން މަޤުސަދަކީ ރަށުގެ ރައްއިތުންނަށް ސާފު އަދި ރައްކާތެރި ފެން މި ތާނގިތަކުން ފޯރުކޮށް ދިނު...