ހެނބަދޫގެ ގޯތިތެރޭގައި ބޮނބި ފާ ކުރުން މަނާ ކޮށްފި
ނ އަތޮޅު ހެނބަދޫގައި ގޯތިތެރޭގައި ބޮނބި ފާ ކުރުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ. އެރަށު ކައުންސިލުން ނެރެފައިވާ ހާއްސަ އެންގުމެއްގައި ބުނެފައިވަނީ ހުޅަނގު މޫސުމަކީ ރަށުގައި މަދިރި އާލާވެ، މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެށްކަމަށްވާ ޑެންގޫ އާއި ޗިކަންގުންޔާ ފަދަ ބަލިތަށް ފެތުރޭ ދުވަސްވަރަކަށް ވާތީވެ އެކަން މަނާކުރީކަމަށެވެ. މީގެ އިތުރުން އެނޫސްބަޔާނުގައިވަނީ ބޮނބި ފާ ކުރުމަށްޓަކައި ގޯތިތެރޭގައި އެކި ފާޑުފާޑުގެ ހަންބުރިތަކަށް ފެން އަޅާ ބެހެއްޓުމަކީ ވެސް މަނާކަމެއްގެ ގޮތުގައިކަމަށާއި...