މޫސުން ގޯސްވާނެ، ސަމާލުވޭ: މެޓް އޮފީސް
ދިވެހިރާއްޖޭގެ ހުރިހައި ހިސާބަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން އެދިއްޖެއެވެ. މިކަމާއި ގުޅިގެން މިއަދު އެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން، މޫސުމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް އިލްތިމާސް ކުރާކަމަށެވެ. އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގެ ކަނޑުތަކުގެ ބާނިތ...