55 ޕައުންޑުގެ ވައުޗަރއެއް ގަނެގެން ޖަލު ގޮޅި، ލަގްޒަރީ ގޮޅިއަކަށް އަޕްގްރޭޑް ކޮށްލެވޭ!
ދުވާލަކަށް 55 ޕައުންޑުގެ ވައުޗަރެއް ގަނެގެން ޔޫކްރެއިންގެ ޖަލުގެ ގޮޅި، ލަގްޒަރީ ގޮޅިއަކަށް ބަދަލުކޮށްލުމުގެ ޚިދުމަތް ފަށައިފިއެވެ. މިގޮތަށް އަޕްގްރޭޑް ކުރެވޭ ލަގްޒަރީ ގޮޅިތަކުގައި އެއަރކޮންޑިޝަން އަދި މައިކްރޯވޭވްގެ ޚިދުމަތުގެ އިތުރުން ކެއުމުގެ ފެންވަރު ވެސް ރަނގަޅު ވާނެކަމަށް އެގައުމުގެ ޖަސްޓިސް މިނިސްޓަރ ޑެނީސް މަލިއުސްކާ ވަނީ ހާމަކޮށްފައެވެ. މިވައުޗަރ ގައި ކޮންމެހެން ހައްޔަރުގައި ހުންނަމީހާގެ ނަން އޮންނަން ނުޖެހޭ އިރު، މިވައުޗަރ ޖަސްޓިސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ޑެނީސްވ...