ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް އައްޔަން ކުރައްވައިފި
ޓޫރިޒަމް މިނިސްޓަރަކަށް ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރައްވައިފި އެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު މައުސޫމް އެ މަގާމަށް ހަމަޖައްސަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާ އަށް ފަތްކޮޅު އަރުވާފައިވަނީ މިއަދު 2:30ގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޕޯކްސްޕާރސަން އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، ދަފްތަރު. ނަންބަރު 4336، އިސްކުރައ...